
ދިރިއުޅުމަށް ފާގަތިކަން
އިޖުތިމާއީ ޒިންމާގެ ދަށުން އަޅުގަނޑުމެން ކުރާ މަސައްކަތް
އިޖުތިމާޢީ ޒިންމާއަކީ ވިޔަފާރިއެއްގެ ހައިސިއްޔަތުން މުޖުތަމައުގެ އިގުތިސާދީ، އިޖުތިމާއީ އަދި ތިމާވެށީގެ ދުޅަހެޔޮކަމަށް ހިއްސާވުމަށް އަޅުގަނޑުމެން ވެފައިވާ އިލްތިޒާމެކެވެ. ހަމައެކަނި އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަކަށްވުރެ ފުޅާގޮތެއްގައި މިއީ އިންވެސްޓަރުންގެ އިތުބާރާއި، ކަސްޓަމަރުންގެ ވަފާތެރިކަމާއި، މުވައްޒަފުންގެ ހިތްހަމަޖެހުން ބޮޑުކުރުމުގެ އިތުރުން ކުންފުންޏަށް ރީތި ނަން ހޯދައިދޭ އަޅުގަނޑުމެންގެ ޖުމްލަ އިސްތިރާޖުގެ މުހިންމު ބައެކެވެ.
އަޅުގަނޑުމެން އިސްކަންދޭ ދާއިރާތައް
އަޅުގަނޑުމެންގެ އިޖުތިމާއީ މަސްއޫލިއްޔަތުގެ މަސައްކަތްތައް ބިނާވެގެންވަނީ މުޖުތަމައުތައް ވަރުގަދަކޮށްދީ، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭ މުހިންމު ދާއިރާތަކެއްގެ މައްޗަށެވެ. އަމާޒުހިފިގެން ހިންގޭ ހަރަކާތްތަކުގެ ޒަރީއާއިން، އެންމެ ބޭނުންތެރި ދާއިރާތަކަށް އަޅުގަނޑުމެން މާނަވީ ބަދަލުތަކެއް ހޯދައިދެމުއެވެ.
ތަޢުލީމާއި ހުނަރު ތަރައްޤީކުރުން
ޔޫއެންޑީޕީ އެސްޑީޖީ 4
ޞިއްޙަތާއި ދުޅަހެޔޮކަން
ޔޫއެންޑީޕީ އެސްޑީޖީ 3
ދެމެހެއްޓެނިވި ރަށްތަކާއި މުޖުތަމައުތައް
ޔޫއެންޑީޕީ އެސްޑީޖީ 11
އިޖުތިމާއީ ޒިންމާގެ އަމަލީ ހަރަކާތްތައް
އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކާބެހޭ މައުލޫމާތާއި ސްޕޮންސަރތަކާބެހޭގޮތުން ހާމަކުރާ ތަފްސީލުތައް މިބައިގައި ހިމެނިފައިވާނެއެވެ.
ނަތީޖާ ދައްކައިދޭ ރިޕޯޓުތައް
އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކާއި އެކަންކަމުގެ އަސަރުތައް އަންގައިދޭ ރިޕޯޓުތައް.
އެސްޓީއޯއިން ސްޕޮންސަރ ހޯއްދަވަނީތޯ؟
މުޖުތަމައަށް ފައިދާހުރި ތިޔަބޭފުޅުންގެ މަޝްރޫއު ހަގީގަތަކަށް ހެއްދެވުމަށް އަޅުގަނޑުމެންނާ ބައިވެރިވުން ކިހިނެއްވާނެތޯ؟ އަޅުގަނޑުމެންގެ ސީއެސްއާރު އުސޫލުތަކާއި މުޖުތަމައު ކުރިއެރުވުމުގެ ލަނޑުދަނޑިތަކަށް ފެތޭ ހުރިހާ ސްޕޮންސަރޝިޕް ހުށަހެޅުންތަކެއް އަޅުގަނޑުމެން ދިރާސާކުރަމެވެ. ތިރީގައިވާ ފޯމު މެދުވެރިކޮށް ތިޔަބޭފުޅުންގެ ހުށަހެޅުންތައް އަޅުގަނޑުމެންނަށް ފޮނުއްވާށެވެ.
ދެމެހެއްޓެނިވިކަމާ ގުޅުންހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާ
އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތިމާވެއްޓާއި، އިޖުތިމާއީ އަދި ކޯޕަރޭޓް ގަވަރނަންސް (އީ.އެސް.ޖީ) ގެ އޮނިގަނޑު ހަރުދަނާކުރުމަށެވެ. އަދި ދެމެހެއްޓެނިވިކަމާ ގުޅުންހުރި ތިޔަބޭފުޅުންގެ ސުވާލުތަކާއި ކަންބޮޑުވުންތައް އަޅުގަނޑުމެންނަށް ހުށަހެޅުއްވުން ވަރަށް އެދެމެވެ.