
ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތު
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ)
މި ވެބްސައިޓަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ މިލްކެކެވެ. އަދި މި ވެބްސައިޓް ހިންގަނީވެސް އެސްޓީއޯއިންނެވެ. މި ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތުގައި އެސްޓީއޯއަށް އިޝާރާތްކުރެވޭނީ "އަޅުގަނޑުމެން" ނުވަތަ "އެސްޓީއޯ" ނުވަތަ "މި ވެބްސައިޓް" ގެ ނަމުންނެވެ. މި ވެބްސައިޓް ބޭނުންކުރުމުން، މި ސަފުހާގައި ބަޔާންކޮށްފައިވާ އިންޓަރނެޓް ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތަށް ތިބާ އެއްބަސްވާކަމުގައި ބެލެވޭނެއެވެ. މި އިންޓަރނެޓް ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތަކީ މި ވެބްސައިޓް ބޭނުންކުރުމުގެ ތެރެއިން ތިބާ އަޅުގަނޑުމެންނަށް ފޯރުކޮށްދީފާނެ ޒާތީ މައުލޫމާތު އެއްކުރުމާއި ބޭނުންކުރުމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ ސިޔާސަތެކެވެ.
އަޅުގަނޑުމެންގެ އިހުތިޔާރުގައި، ކޮންމެ ވަގުތެއްގައިވެސް މި އިންޓަރނެޓް ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތުގެ ވަކި ބައިތަކަށް ބަދަލުގެނައުމުގެ ނުވަތަ އުނިއިތުރުކުރުމުގެ ހައްގު އަޅުގަނޑުމެންނަށް ލިބިގެންވެއެވެ. މި އިންޓަރނެޓް ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތަކީ މި ވެބްސައިޓަށް އަމަލުކުރެވޭ އެހެނިހެން އުސޫލުތަކާއި ޝަރުތުތަކުގެ އިތުރުން ހިމެނޭ ބައެކެވެ. މި ވެބްސައިޓާ ގުޅުވާލެވިފައިވާ ތިންވަނަ ފަރާތްތަކުގެ ވެބްސައިޓްތައް އަޅުގަނޑުމެން ތަމްސީލެއްނުކުރަމެވެ. އަދި އެ ވެބްސައިޓްތަކާ ގުޅޭގޮތުން އަޅުގަނޑުމެން އެއްވެސް ޔަގީންކަމެއް ނުދެމެވެ.
މި ވެބްސައިޓަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އެއްކުރެވޭ މައުލޫމާތުގެ ރައްކާތެރިކަން، ހާއްސަކޮށް ވަކި ފަރުދަކު ދެނެގަނެވޭފަދަ މައުލޫމާތު ("ޒާތީ މައުލޫމާތު") ގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން އަޅުގަނޑުމެން ބަލައިގަންނަމެވެ. މި އިންޓަރނެޓް ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތަކީ މި ވެބްސައިޓް މެދުވެރިކޮށް ލިބޭ ތިބާގެ ޒާތީ މައުލޫމާތު ބޭނުންކުރެވޭނެ ގޮތް ބަޔާންކުރާ އުސޫލެވެ. ގެނެވޭ ބަދަލުތައް ދެނެގަތުމަށްޓަކައި، ގަވާއިދުން މި އިންޓަރނެޓް ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތު ބައްލަވަމުން ގެންދެވުން އެދެމެވެ. ތިބާގެ ހިޔާލާއި ފާޑުކިޔުމަށް އަޅުގަނޑުމެން މަރުހަބާ ކިޔަމެވެ.
ޒާތީ މައުލޫމާތު
މި ވެބްސައިޓަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު އެއްކުރެވޭނީ، އެފަރާތަކުން އެނގިހުރެ އަދި އަމިއްލަ އިހުތިޔާރުގައި އެ މައުލޫމާތު ހުށަހެޅުމުން އެކަންޏެވެ. މިސާލަކަށް، އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް ނުވަތަ ތިބާގެ އެދުންތަކާއި ސުވާލުތަކަށް ޖަވާބުދިނުމަށް ނުވަތަ ރައްދުކުރުމަށް އެފަދަ މައުލޫމާތު އެއްކުރަން އަޅުގަނޑުމެންނަށް ޖެހިދާނެއެވެ. އަޅުގަނޑުމެންގެ މަގުސަދަކީ މި ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގައި އަމަލުކުރެވޭ ޕްރައިވަސީގެ ގާނޫނުތަކާ ހިލާފުވާ އެއްވެސް ގޮތަކަށް ތިބާގެ ޒާތީ މައުލޫމާތު ބޭނުންނުކުރެވޭނެކަން ކަށަވަރުކޮށް، އެ މައުލޫމާތު ރައްކާތެރިކުރުމެވެ.
މައުލޫމާތު ބޭނުންކުރުން
މި ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތުގައި ނުވަތަ މައުލޫމާތު އެއްކުރެވޭ ވަގުތު އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ވެބްސައިޓަށް ޒިޔާރަތްކުރާ ފަރާތްތަކުން ހުށަހަޅާ ޒާތީ މައުލޫމާތު ބޭނުންކުރެވޭނީ އެ މައުލޫމާތެއް ހުށަހެޅުނު މަގުސަދަށް އެކަންޏެވެ. ނުވަތަ އެ މައި މަގުސަދާ ގުޅުންހުރި އެހެނިހެން ސާނަވީ މަގުސަދުތަކަށެވެ. މި ވެބްސައިޓް މެދުވެރިކޮށް ފޮނުވާ، ޒާތީ މައުލޫމާތު ހިމެނޭ މުއާމަލާތްތަކުގެ ކޮޕީ، ރެކޯޑު ބެލެހެއްޓުމަށާއި ބެކަޕް ނެގުމުގެ މަގުސަދުގައި އެކަނި އާކައިވް ކުރެވޭނެއެވެ.
މައުލޫމާތު ހާމަކުރުން
ތިބާގެ ހުއްދަ ލިބިގެން ނުވަތަ މައުލޫމާތު ހުށަހެޅުނު މަގުސަދު ހާސިލުކުރުމަށްޓަކައި މައުލޫމާތު ހާމަކުރަންޖެހޭ ހާލަތްތަކުގެ އިތުރުން، އަޅުގަނޑުމެންގެ ހައްގުތަކަށް ނުވަތަ މިލްކިއްޔާތަށް، ނުވަތަ ބޭނުންކުރާ އެހެން ފަރާތްތަކަށް، ނުވަތަ އެފަދަ ކަމަކުން ގެއްލުން ލިބިދާނެ އެހެން އެއްވެސް ފަރާތަކަށް (ގަސްތުގައި ނުވަތަ ގަސްތަކާ ނުލައި) ގެއްލުންދޭ، ނުވަތަ ހުރަސްއަޅާ ފަރާތްތައް ދެނެގަތުމަށްޓަކައި، ނުވަތަ އެފަރާތްތަކާ ގުޅުމަށްޓަކައި، ނުވަތަ އެފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭކަމަށް ގަބޫލުކުރެވި އެކަމަށްޓަކައި، މިފަދަ ހާއްސަ ހާލަތްތަކުގައި ޒާތީ މައުލޫމާތު ހާމަކުރެވިދާނެއެވެ. އަދި ގާނޫނު ތަންދޭ ގޮތުގެ މަތިން އިހުލާސްތެރިކަމާއެކު މައުލޫމާތު ހާމަކުރަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ހާލަތްތަކުގައިވެސް ޒާތީ މައުލޫމާތު ހާމަކުރެވިދާނެއެވެ.
ރައްކާތެރިކަން
މި ވެބްސައިޓަށް ހުށަހެޅޭ ޒާތީ މައުލޫމާތުގެ ރައްކާތެރިކަމާއި، ސައްހަކަމާއި، އަދި ސިއްރުކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަމެވެ. އަދި މިހާރުގެ އާ ޓެކްނޮލޮޖީއަށް ރިއާޔަތްކޮށް އަޅުގަނޑުމެންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދާހަމަކޮށް ބަލަމުންދާނެއެވެ. ނަމަވެސް، އިންޓަރނެޓް މެދުވެރިކޮށް ފޮނުވާ އެއްވެސް މުއާމަލާތަކީ ސަތޭކަ އިންސައްތަ ރައްކާތެރި މުއާމަލާތެއްކަމުގެ ފުރިހަމަ ޔަގީންކަމެއް ނުދެވޭނެއެވެ.
އެހެންނަމަވެސް، ތިބާ އަޅުގަނޑުމެންނަށް ފޮނުވާ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށްޓަކައި އެކަށީގެންވާ އެންމެހައި ފިޔަވަޅުތަކެއް އެޅުމަށް އަޅުގަނޑުމެން މަސައްކަތްކުރާނެއެވެ. ތިބާ ފޮނުވާ މައުލޫމާތު އަޅުގަނޑުމެންނަށް ލިބުމާއެކު، އަޅުގަނޑުމެންގެ ސިސްޓަމްތަކުގައި އެ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ފުރިހަމައަށް މަސައްކަތްކުރާނެއެވެ.
މީގެއިތުރުން، އަޅުގަނޑުމެންގެ މުވައްޒަފުންނާއި އަދި އަޅުގަނޑުމެންގެ މައުލޫމާތު ސިސްޓަމްތަކާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދޭ ކޮންޓްރެކްޓަރުން، އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިވާ އެންމެހައި އަމިއްލަ މައުލޫމާތެއްގެ ސިއްރު ހިފެހެއްޓުމަށް ބަނދެވިގެންވެއެވެ. ނަމަވެސް، ތިބާގެ އަމިއްލަ މައުލޫމާތަށް ހުއްދަނެތި ވަނުމުގެ ސަބަބުން ދިމާވާ ކަންކަމަށް އަޅުގަނޑުމެން ޒިންމާއެއް ނުނަގާނެއެވެ.
ކުކީސް
ކުކީސްއަކީ ރެކޯޑު ބެލެހެއްޓުމުގެ މަގުސަދުގައި ވެބްސައިޓަކުން ވަކި ފަރުދެއްގެ ޑިވައިސްއަށް ފޮނުވާ މާއުލޫމާތުތަކެކެވެ. ކުކީސްއަކީ އިންޑަސްޓްރީގެ އިދާރީ މިންގަނޑެއްގެ ގޮތުގައި ބޭނުންކުރެވޭ، އަދި އަޅުގަނޑުމެން ހިންގާ ސައިޓްތައް ހިމެނޭގޮތަށް ގިނަ ވެބްސައިޓްތަކުން ބޭނުންކުރާ އެއްޗެކެވެ. މީގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ވެބްސައިޓް އަލުން ބޭނުންކުރުމަށާއި ވަނުމަށް ފަސޭހަވެގެންދެއެވެ. އަދި ތިބާގެ ބޭނުންތަކަށް ބައްޓަންކޮށްގެން ވެބްސައިޓް ފޯރުކޮށްދިނުމަށް ހިންގާ ފަރާތަށް އެހީތެރިވެދެއެވެ. ކުކީސް މެދުވެރިކޮށް މައުލޫމާތު އެއްކުރުމަށް ތިބާ ބޭނުންނުވާނަމަ، ގިނަ ބްރައުޒަރުތަކުގައި ކުކީސްގެ ފީޗަރ އިންކާރުކުރުމުގެ ނުވަތަ ގަބޫލުކުރުމުގެ ފަސޭހަ އިންތިޒާމެއް ހުރެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ އޮންލައިން ހިދުމަތްތަކުގެ ބައެއް ފީޗަރތައް ފޯރުކޮށްދިނުމަށް މި ވެބްސައިޓުގައި ކުކީސް ބޭނުންކުރުން އެކަށީގެންވާކަން ތިބާގެ ސަމާލުކަމަށް ގެންނަމެވެ.
މައުލޫމާތު ބެލުމުގެ ފުރުސަތު
ތިބާއާ ގުޅޭގޮތުން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިވާ އެންމެހައި މައުލޫމާތެއް ރައްކާތެރިކޮށް ބެހެއްޓުމަށާއި، އެ މައުލޫމާތަކީ ސައްހަ އަދި އަދާހަމަކުރެވިފައިވާ މައުލޫމާތުކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން އެކަށީގެންވާ އެންމެހައި ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްކުރާނެއެވެ. ތިބާއާ ގުޅޭގޮތުން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިވާ މައުލޫމާތެއް ނުބައިކޮށް އޮތްކަން ކޮންމެ ވަގުތެއްގައިވެސް ފާހަގަކުރެވިއްޖެނަމަ، އެ މައުލޫމާތެއް އިސްލާހުކުރުމަށް އަޅުގަނޑުމެންނާ ގުޅުއްވޭނެއެވެ.
މީގެއިތުރުން، އަޅުގަނޑުމެންގެ މުވައްޒަފުންނާއި އަދި އަޅުގަނޑުމެންގެ މައުލޫމާތު ސިސްޓަމްތަކާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދޭ ކޮންޓްރެކްޓަރުން، އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިވާ އެންމެހައި އަމިއްލަ މައުލޫމާތެއްގެ ސިއްރު ހިފެހެއްޓުމަށް ބަނދެވިގެންވެއެވެ.
އެހެނިހެން ސައިޓްތަކުގެ ލިންކުތައް
މި ވެބްސައިޓުގެ ބޭރުން ހިންގާ ވެބްސައިޓްތަކާއި، އަދި ތިންވަނަ ފަރާތްތަކުގެ ވެބްސައިޓްތަކުގެ ލިންކުތައް އަޅުގަނޑުމެން ފޯރުކޮށްދެމެވެ. މިފަދަ ލިންކު ކުރެވިފައިވާ ސައިޓްތަކަކީ އަޅުގަނޑުމެންގެ ބާރުގެ ދަށުގައިވާ ތަންތަނެއް ނޫނެވެ. އަދި މި ވެބްސައިޓާ ގުޅުވާލެވިފައިވާ ކުންފުނިތަކުގެ އަމަލުތަކަށް އަޅުގަނޑުމެން ޒިންމާއެއް ނުނަގާނެއެވެ. އެހެން އެއްވެސް ވެބްސައިޓެއްގައި ތިބާގެ ޒާތީ މައުލޫމާތު ހާމަކުރުމުގެ ކުރިން، އެ ވެބްސައިޓެއް ބޭނުންކުރުމުގެ އުސޫލުތަކާއި ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބަޔާން ބައްލަވައިލެއްވުމަށް އަޅުގަނޑުމެން އިރުޝާދު ދެމެވެ.
މައްސަލަތަކާއި ސުވާލުތައް
މި ވެބްސައިޓާ ގުޅޭގޮތުން ކަންބޮޑުވުމެއް ނުވަތަ މައްސަލައެއް އުޅޭކަން ފާހަގަކުރެވިއްޖެނަމަ، އަޅުގަނޑުމެން އެކަމަކަށް ސަމާލުކަންދީ، އެ މައްސަލައެއް ހައްލުކުރުމަށް މަސައްކަތްކުރާނެއެވެ. މި ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ސިޔާސަތާ ގުޅޭގޮތުން އިތުރު ސުވާލެއް، ނުވަތަ މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތްނަމަ، އަޅުގަނޑުމެންނާއި ގުޅުއްވުން އެދެމެވެ.
ކޮޕީރައިޓް © {2026} ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. އެންމެހައި ހައްގުތަކެއް ލިބިގަންނަމެވެ.