
ވެބްސައިޓް ބޭނުންކުރުމުގެ އުސޫލުތަކާއި ޝަރުތުތައް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ)
މި ވެބްސައިޓަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) ގެ މިލްކެކެވެ. އަދި މި ވެބްސައިޓް ހިންގަނީވެސް އެސްޓީއޯއިންނެވެ. މި ވެބްސައިޓް ބޭނުންކުރުމުން ނުވަތަ ވެބްސައިޓަށް ވަނުމުން، ތިރީގައިވާ އަދި މި ވެބްސައިޓުގެ އެހެނިހެން ބައިތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޝަރުތުތަކަށް ގާނޫނީގޮތުން ތަބާވުމަށް ތިބާ އެއްބަސްވާކަމުގައި ބެލެވޭނެއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ރަޖިސްޓަރީ ނަންބަރަކީ ސީ-186/2001 އަދި ރަޖިސްޓަރީ ކުރެވިފައިވާ އޮފީސް ހުރީ ކަނބާ އައިސަ ރަނި ހިނގުން، މާފަންނު، މާލެ 20345، ދިވެހިރާއްޖޭގައެވެ.
މި ވެބްސައިޓުގައިވާ މައުލޫމާތަކީ ޝާއިއުކުރެވުނު ތާރީހާ ހަމައަށް ސައްހަ މައުލޫމާތެވެ. ވެބްސައިޓުގައި ޝާއިއުކުރެވޭ މައުލޫމާތަކީ ޝާއިއުކުރާ ވަގުތު ސައްހަ މައުލޫމާތުކަން ކަށަވަރުކުރުމަށާއި، ގަވާއިދުން އެ މައުލޫމާތު އާކުރުމަށް އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދެމެވެ. ނަމަވެސް، އެ މައުލޫމާތުގެ ސައްހަކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ކަށަވަރުކޮށެއްނުދެއެވެ. އަދި އެއްވެސް އެންގުމަކާ ނުލައި ކޮންމެ ވަގުތެއްގައިވެސް މި މައުލޫމާތު ބަދަލުކުރުމުގެ އިހްތިޔާރު އަޅުގަނޑުމެންނަށް ލިބިގެންވެއެވެ.
މި ވެބްސައިޓު ތިބާގެ ބޭނުމަށް ފޯރުކޮށްދެވިފައިވަނީ އެއްވެސް ބަޔާންވެގެންވާ ނުވަތަ މާނަކުރެވޭ ވޮރަންޓީއެއް ނެތި "އޮތް ގޮތުގަ" އެވެ. އެހެންކަމުން، އެންގުންތައް ނުފޮނުވޭ ހާލަތްތަކުގައާއި، ހިދުމަތަށް ދިމާވާ އެކި ކަހަލަ މައްސަލަތަކާއި، އުނިކަންކަމާއި، މެދުކެނޑުންތަކާއި ނުވަތަ ލަސްވުންތަކާ ގުޅިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން އެއްވެސް ޒިންމާއެއް ނުނަގާނެއެވެ. އިތުރުން، މި ވެބްސައިޓަކީ އާންމު މައުލޫމާތު ފޯރުކޮށްދިނުމުގެ މަގްސަދުގައި އެކަނި ތައްޔާރުކުރެވިފައިވާ ވެބްސައިޓެކެވެ. މިއީ ފުރިހަމަ މައުލޫމާތު ކަމުގައި ނުވަތަ މާލީ އަދި އެހެނިހެން އިރުޝާދު ކަމުގައި ނުބެލެވޭނެއެވެ. މި ސައިޓުގައިވާ މައުލޫމާތެއްގެ މައްޗަށް ބުރަވުމުގެ ސަބަބުން ލިބިދާނެ އެއްވެސް ގެއްލުމަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ޒިންމާއެއް ނުނަގާނެއެވެ. މީގެއިތުރުން، މި ސައިޓަށް ލިންކު ކޮށްފައިވާ، ނުވަތަ މި ސައިޓުން ލިންކު ކުރެވިފައިވާ އެހެން އެއްވެސް އިންޓަރނެޓް ސައިޓެއްގެ ކޮންޓެންޓަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ޒިންމާއެއް ނުނަގާނެއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ނުވަތަ އެހެން ކުންފުންޏަކުން ފޯރުކޮށްދީފައިވާ ނުވަތަ ފޯރުކޮށްދީފާނެ އުފެއްދުމަކަށް ނުވަތަ ހިދުމަތަކަށް އަލިއަޅުވާލެވިފައިވާ އަލިއަޅުވާލުމަކީ، އެ އުފެއްދުމެއް ނުވަތަ ހިދުމަތެއް ކޮންމެ ވަގުތެއްގައިވެސް ލިބެން ހުންނާނެކަމަށް ވެވޭ ވައުދެއް ނޫނެވެ. އެފަދަ އުފެއްދުންތަކަށް ނުވަތަ ހިދުމަތްތަކަށް އެއްވެސް އެންގުމަކާ ނުލައި ކޮންމެ ވަގުތެއްގައިވެސް ބަދަލު ނުވަތަ އިސްލާހު ގެނެވިދާނެއެވެ.
ތިންވަނަ ފަރާތެއްގެ މިލްކުވެރިކަމުގެ އެންގުމެއްގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، މި ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ސަފުހާތަކާއި މާއްދާތަކުގެ ކޮޕީރައިޓް މިލްކުވެގެންވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަށެވެ. ފޮޓޯ، ޓްރޭޑްމާރކް އަދި ބްރޭންޑްތައް ފަދަ ތަކެތި ފިކުރީ މުދަލުގެ އެހެނިހެން ގާނޫނުތަކުން ރައްކާތެރިކުރެވިފައިވާތީ، އެތަކެތީގެ ހައްގުވެރިންގެ އަތުން ލިޔުމުން ހުއްދަ ނުހޯދައި އެއްވެސް ގޮތަކަށް ނަކަލުކުރުން ނުވަތަ ބޭނުންކުރުމަކީ މަނާކަމެކެވެ. އެއްވެސް ސަފުހާއެއްގައި ބަޔާންކޮށްފައިވާ އެންގުމަކުން ހާއްސަގޮތެއްގައި މަނާކޮށްފައި ނުވާނަމަ، އަމިއްލަ ބޭނުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް މި ވެބްސައިޓުގެ ބައިތަކުގެ ޕްރިންޓް ކޮޕީ ނެގިދާނެއެވެ. ނަމަވެސް އެފަދަ ކޮންމެ ކޮޕީއެއްގައިވެސް ކަމާގުޅޭ މިލްކުވެރިކަމުގެ އެންގުންތައް އަދި/ނުވަތަ ޑިސްކްލެއިމަރތައް ހުންނަންވާނެއެވެ. އެނޫން އެހެން އެއްވެސް ބޭނުމަކަށް ބޭނުންކުރުމަކީ މަނާކަމެކެވެ.
ކޮޕީރައިޓް © {2026} ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. އެންމެހައި ހައްގުތަކެއް ލިބިގަންނަމެވެ.